Last Updated: June 21, 13:41
Sunday, June 21, 2026
ޚަބަރު

ކޫޓީނިއޯ 142 މިލިއަނަށް ބާސާ އަށް

ލިވަޕޫލްގެ ޒުވާން މިޑްފީލްޑަރު، ފިލިޕް ކޫޓީނިއޯ ސްޕެއިންގެ ބާސެލޯނާ އަށް 142 މިލިއަން ޕައުންޑްގެ އަގަކަށް ބަދަލުވެއްޖެ އެވެ.

ކޫޓީނިއޯ ބާސާއަށް ކުޅުމަށް އެއްބަސްވެފައިވާ ކަން ބާސާއިން ވަނީ ސޯޝަލް މީޑިޔާ މެދުވެރިކޮށް ހާމަކޮށްފަ އެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ވެސް ކޫޓީނިއޯ ހޯދުމަށް ބާސާއިން ބުރަ މަސައްކަތެއް ވަނީ ކޮށްފަ އެވެ.

ނަމަވެސް 105 މިލިއަން ޕައުންޑް ވަގުތުން ދެއްކުމަށް ބާސާ އެއްބަސްވުމުން ލިވަޕޫލުން ވަނީ ކުޅުންތެރިޔާ ދޫކޮށްލުމަށް އެއްބަސްވެފަ އެވެ. މީގެ އިތުރުން ބާސާއިން އެއްބަސްވި އެހެނިހެން އަގުތަކާ އެކު އެއްބަސްވުން ވަނީ 142 މިލިއަން ޕައުންޑަށް އަރައިފަ އެވެ.

ނަމަވެސް އޭރު ދެްކުލަބުގެ ދެމެދުގައި އެއްބަސްވުމަށް ނާދެވެނީ ސް ޓްރާންސްފާ ބާޒާރު ބަންދުވުމާ ގުޅިގެން ކޫޓިނިއޯ ވަނީ ލިވަޕޫލުގައި މަޑުކޮށްފަ އެވެ. މި ސީޒަނުގެ މިހާތަނަށް ލިވަޕޫލްގައި މޮޅު ކުޅުމެއް ކުޓީނިއޯ ދައްކާފައިވި ނަމަވެސް އޭނާ ކުލަބް ދޫކޮށް ދިއުމުން ސަޕޯޓަރުން ވަނީ ރުޅިގަދަވެފަ އެވެ.

ލިވަޕޫލުން 2013 ވަނަ އަހަރު ކުޓީނިއޯ ގެނެސްފައި ވަނީ އިންޓަމިލާނުން 8.5 މިލިއަނުގެ އަގަކަށެވެ. ފަސް އަހަރު ކުލަބްގައި ހޭދަ ކުރި ކުޓީނިއޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް އޭނާ އަށް ލިވަޕޫލްގައި އެއްވެސް ޓްރޮފީއެއް ކާމިޔާބުކުރެވިފަ އެއް ނުވެ އެވެ.