Last Updated: April 30, 11:35
Wednesday, April 30, 2025
ދުނިޔެ

ސިޑްނީގެ ފިނިހޫނުމިން 47 ޑިގްރީ އަށް

މިއަދަކީ ފާއިތުވި 79 އަހަރު ދުވަހުގެ ތެރޭގައިވެސް އޮސްޓްރޭލިއާގެ ސިޑްނީއަށް ކުރިމަތިވި އެންމެ ހޫނު ދުވަހެވެ. އެގޮތުން މިއަދު އެ ސިޓީގެ ފިނިހޫނުމިން ވަނީ 47.3 ޑިގްރީ ސެލްސިއަސް އަށް ގޮސްފައެވެ.

ހުޅަނގު ސިޑްނީގެ ޕެންރިތްގެ ފިނިހޫނުމިން މައްޗަށް ދިއުމާއި ގުޅިގެން ގިނަ ބަޔަކަށް ވަނީ އެތައް އުނދަގޫތަކާއި ކުރިމަތިވެފައެވެ.

ސިޑްނީގެ ބޮޑު ބައެއްގައި އަލިފާން ރޯވެދާނެކަމުގެ އިންޒާރުތައް ވެސް ވަނީ ދީފައެވެ. މީގެ އިތުރުން ސިޑްނީގެ ހުރިހާ ސަރަޙައްދެއްގައި ވެސް އަލިފާން ބޭނުންކުރުން ވަނީ މުޅިން މަނާކުރެވިފައެވެ.

މީގެ ކުރިން ސިޑްނީގެ ފިނިހޫނުމިން އެންމެ މައްޗަށް ގޮސްފައި ވަނީ 1939 ވަނަ އަހަރު އެވެ. އެ އަހަރު އެ ސަރަޙައްދުގެ ފިނިހޫނުމިން ވަނީ ރެކޯޑް އަދަދެއް ކަމުގައިވާ 47.8 ޑިގްރީ ސެލްސިއަސް އަށް އަރާފައެވެ.

ޕެންރިތްގެ ފިނިހޫނިމިން މިއަދު އެހާ މައްޗަށް ގޮސްފައިވާކަން ނިއު ސައުތު ވޭލްސްގެ މޫސުމާއިބެހޭ އިދާރާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ.