Last Updated: June 28, 13:55
Sunday, June 28, 2026
މުނިފޫހިފިލުވުން

"ސްލެންޑާ މޭން" ގެ ޓްރެއިލާ ދައްކާލައިފި

ސޮނީ ޕިކްޗާސް އިން އުފައްދާފައިވާ ބިރުވެރި ފިލްމް "ސްލެންޑާ މޭން" ގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ މީގެ ހަތަރު އަހަރު ކުރިން ހިނގި ދެ ހާދިސާއެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.

އެގޮތުން 2014 ވަނަ އަހަރުގެ ޖޫން މަހު އުމުރުން 12 އަހަރުގެ ދެ އަންހެން ކުއްޖަކު ވަނީ އެ މީހުންގެ ގާތް ރަހުމަތްތެރިއެއްގެ ގަޔަށް ވަޅި ޖެހުމަށް ފަހު އެ ކުއްޖާ މަރުވާން ދޫކޮށްލަ އެވެ. އަދި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ވަނީ އޭނާގެ މަންމަ އަށް ވަޅިން ހަމަލާ ދީފަ އެވެ.

މި ފިލްމުން ފެނިގެން ދާނެ ތަރިންގެ ތެރޭގައި ހޭވިއާ ބޮޓޭ އާއި ޖެޒް ސިންކްލެއާ އާއި ޖޯއީ ކިންގް އަދި ޖޫލިއާ ގޮލްޑާނީ ޓެލެސްގެ އިތުރުން އެނަލީސް ބެސޯ ވެސް ހިމެނެ އެވެ.

"ސްލެންޑާ މޭން" ރިލީޒް ކުރާނީ އަންނަ މެއި މަހުގެ 18 ވަނަ ދުވަހު އެވެ.