Last Updated: June 15, 17:29
Monday, June 15, 2026
ޚަބަރު

މޫދަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

މިއަދު ހަވީރު އއ. ކުރަމަތި އައިލެންޑު ރިސޯޓުގައި މޫދަށް ފޭބި ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މަރުވެފައިވަނީ 29 އަހަރުގެ ޗައިނާ ފިރިހެނެކެވެ. އަދި އޭނާ މަރުވެފައިވަނީ މޫދަށް އެރި އުޅެނިކޮށް ގެނބިގެންނެވެ.

މިހާދިސާ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހަވީރު 5:15 އެހާކަށްހާއިރުގައި ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި މަރުވި ފަތުރުވެރިޔާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހާމަކޮށްފައިވެއެވެ.