ރޭޕްގެ ހުމަތުގައި ދ. ތިނަދޫން ރޭ ހައްޔަރު ކުރި ހަސަން ފާއިޒް (ޖޭސަން) ގެ ބަންދުގެ މުއްދަތު ތިނަދޫ މެޖިސްޓްރޭޓު ކޯޓުން މިރޭ އިތުރުކޮށްފިއެވެ.
މާލޭގައި އާޓް ސްޓޫޑިއޯއެއްގެ ތެރޭގައި 19 އަހަރުގެ ޒުވާން އަންހެނަކު ރޭޕް ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޖޭސަންގެ ބަންދަށް ދީފައި ވަނީ 15 ދުވަހެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ކޮއްކޮ އެވެ.
ރޭޕްގެ މައްސަލައާ ގުޅިގެން ޖޭސަން ހައްޔަރު ކުރި ނަމަވެސް މިކަމާ ގުޅޭ އެއްވެސް ތަފުސީލެއް ފުުލުހުން އަދި ނުދެ އެވެ.
އަދި ޖޭސަން ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށްފައެވެ. އޭނާ ބުނެފައި ވަނީ 19 އަހަރުގެ އަންހެން މީހާ އެ ވާހަކަ ދައްކައިގެން އުޅެނީ އޭނާގެ އަބުރު ކަތިލަން ކަމަށެވެ.