މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑިރެކްޓަރުންގެ ބޯޑަށް، ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމްދީދީ (އައިބީ) ގެ ދަރިކަނލުން އަދި ކުރީގެ އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިހްސާން އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) ގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހު އައްޔަންކޮށްފި އެވެ.
ޖަނާ އާއި އިހުސާންގެ އިތުރުން ދެން އެ ބޯޑަށް އަލަށް އައްޔަން ކުރެއްވީ، އެސިސްޓެންޓް ގަވަރުނަރު އިދުހާމް ހުސެއިނެވެ. އެ ތިން ބޭފުޅުންނާ އެކު، މަރުކަޒީ ބޭންކްގެ ބޯޑުގައި ގަވަރުނަރު އަހުމަދު ނަސީރު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އަލީ އިހްސާން އެމްއެމްއޭ ބޯޑަށް އައްޔަން ކުރެއްވި އިރު ހުންނެވީ އެމްއެންޑީއެފް އިން އިސްތިއުފާ ދެއްވުމަށް ފަހު ހެޕީ މާކެޓްގެ ޖެނެރަލް މެނޭޖަރަކަށެވެ.
ޖަނާއަކީ ހޮޓެލްސް އެންޑް ރިސޯޓްގެ ކުންފުނީގެ ޗެއާމަނެވެ.