Last Updated: June 15, 13:51
Monday, June 15, 2026
ޚަބަރު

މުންޑޫ ކައުންސިލްގެ ނައިބު ރައީސް ހައްޔަރުކޮށްފި

ޕީޕީއެމަށް ނިސްބަތްވާ ލ. މުންޑޫ ކައުންސިލްގެ ނައިބު ރައީސް، އާދަމް ނާސިފް ރޭގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި އާދަމް ހައްޔަރުކޮށްފައި ވަނީ އެރަށު އަންހެނަކަށް އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ އެވެ. މި ހަމަނުޖެހުން ހިނގާފައި ވަނީ އިއްޔެ އިރުއޮއްސެމުން ދަނިކޮށް އާދަމާއި އެ އަންހެން މީހާއާ ދެމެދު ހިނގި ޒުވާބަކަށް ފަހުގައި ކަމަށް މައުލޫމާތު ލިބެ އެވެ.

އަދި އެއަށް ފަހު މައްސަލަ ހޫނުވެ، އަންހެން މީހާ އަށް އޭނާ އަނިޔާކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން އަންހެން މީހާ ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ވެސް ހޯދާފައި ކަމަށް އެނގިފައިވެ އެވެ.

މިފަދަ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވި ނަމަވެސް މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.