ނިމިގެން ދިޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓު 0.18 އިންސައްތަ ދަށްވެފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިން އިން ހާމަކޮށްފިއެވެ.
އަގު ދަށްވެފައިވާ އެއްޗިއްސަށް ބަލާއިރު ކަނޑު މަހާއި ސައިކަލު އަދި ކަރަންޓާއި ގޯތި ގެދޮރުގެ ހަރު މުދަލާއި ލެޕްޓޮޕް އަދި ފޮތީގެ ބާވަތްތައް ހިމެނެއެވެ. ނަމަވެސް ކާބޯތަކެތީގެ ގިނަ ބާވަތްތަކާއި ގޭގެ ކުލީގެ އަގު އަދި ތަރުކާރީއާއި މޭވާއާއި އެއްގަމު މަހުގެ އަގު ވަނީ އުފުލިފައެވެ.
އަގު ދަށްވި ބާވަތްތައް
*ކަނޑު މަސް (6.9-)
* ސައިކަލް (1.36-)
* ލެޕްޓޮޕް (1.1-)
* ގޯތި ގެދޮރުގެ ހަރު މުދާ (0.91-)
* ފޮތި (1.56-)
* ކަރަންޓް (0.23-)
އަގު މަތިވި ބާވަތްތައް
* ތަރުކާރީ (8.9+)
* ގޭގެ ކުލި (0.54+)
* ހޮޓާ ކެފޭ އަދި ރެސްޓޯރެންޓް (1.59+)
* މޭވާ (1.95+)
* ކިރު ޗީޒް އަދި ބިސް (0.29+)
* އެހެނިހެން ކާބޯތަކެތި (0.53+)
* އެއްގަމު މަސް (1.2+)
* ތެލާއި ލުބްރިކަންޓް (2.55+)
މަހުން މަހަށް ބަލާއިރު ނޮވެމްބަރު މަހު އިންފްލޭޝަން ދަށްވި ނަމަވެސް އަހަރުން އަހަރަށް ބަލާއިރު މިދިޔަ އަހަރަކީ އިންފްލޭޝަން އިތުރުވި އަހަރެކެވެ. 2016 ވަނަ އަހަރުގެ ނޮވެމްބަރާއި މިދިޔަ ނޮވެމްބަރު އަޅާ ކިޔާއިރު މިދިޔަ އަހަރު ވަނީ 0.62 އިތުރު ވެފައެވެ.