Last Updated: July 5, 11:45
Saturday, July 5, 2025
ޚަބަރު

ޓްރަމްޕް ޓަވަރުގައި ރޯވެއްޖެ

އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފަޔާފައިޓަރުން ހަރަކާތްތެރިވަނީ: ފޮޓޯ- އޭޕީ

އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕުގެ ކުންފުނި، ޓްރަމްޕް އޯގަނައިޒޭޝަނުގެ "ޓްރަމްޕް ޓަވަރު" ގައި މިއަދު އަލިފާން ރޯވެއްޖެއެވެ.

ނިއު ޔޯކުގައި ހުންނަ މި އިމާރާތުގައި ރޯވުމާއެކު ނިއުޔޯކް ފަޔާ އެންޑް ރެސްކިއުއިން ވަނީ އެސަރަހައްދުގައި ހަރަކާތްތެރިވެ، އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

ޚަބަރު ލިބޭ ގޮތުގައި ރޯވެފައިވަނީ ޓަވަރުގެ ފުރާޅުގައެވެ. އަދި މިހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ ފުރާޅުގައި ކަރަންޓު ޝޯޓެއް ކޮށްގެން ކަމަށް ސީއެންއެންއިން ރިޕޯޓުކޮށްފައިވެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު 84 ފަޔާފައިޓަރުން ހަރަކާތްތެރިވެ އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފައެވެ. ހާދިސާ ހިނގިއިރު ޓްރަމްޕް ހުންނެވީ ވޮޝިންޓަންގައި ހުންނަ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގައި ކަމަށް ޚަބަރު ލިބެއެވެ.