Last Updated: July 25, 06:01
Saturday, July 25, 2026
ރިޕޯޓް

މުޖުތަމައު ތެރެއިން: ދުވާލު ވެސް ދިއްލާފައި

އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓުގެ ޚިދުމަތްދޭ މަރުކަޒީ އިންޖީނުގޭގެ ޖަނެރޭޓަރުތަކަށް މައްސަލަ ޖެހި ކަރަންޓު ކެނޑުމަކީ ވަރަށް އާންމުކަމެކެވެ. ފެނަކައިން ބުނާ ގޮތުގައި ކަރަންޓު ކެނޑެނީ އިންޖީނުގޭގެ ލޯޑު މަތިވާ ގަޑިތަކުގައި ކަމަށެވެ.

އެހެންވެ "ވީހާ ވެސް ބަލައިގެން އަދި މަދުން" ކަރަންޓު ބޭނުން ކުރުމަށް ދޭތެރެއަކުން ފެނަކައިން އިލްތިމާސް ކުރެ އެވެ.

ފޮޓޯ އިން ތިޔަ ފެނިވަޑައިގަންނަވަނީ، ދުވާލު ގަޑީގައި ހިތަދޫގެ މަގެއްގައި ހުރި މަގުބައްތި އެއް ދިއްލާފައި ހުރި މަންޒަރެވެ. މި ފޮޓޯ ސޯޝާލް މީޑިޔާގައި ހިއްސާކުރި ފަރާތުގެ ސުވާލަކީ މިއީ އެވެ.

"އޯވާ ލޯޑް ވަނީ ރޭގަނޑު ގަޑީގައި އެކަނި ހެއްޔެވެ؟ މި ބައްތިތައް ދުވާލު ގަޑީގައި ދިއްލިޔަސް އޯވަލޯޑް ނުވޭ ދޯ؟ މިކަން ބަލަނީ ކޮ ންބައެއް؟"