އިނގިރޭސިވިލާތުގެ ގިނަ އަންހެނުން ދުވާލަކު އެއް ފަހަރު ވެސް ފެން ނުވަރާ ކަމަށް ދިރާސާ ރިޕޯޓަކުން ދައްްކައިފި އެވެ.
އިނގިރޭސި އަންހެނުންގެ މެދުގައި ކުރިއަށް ގެންދިޔަ މި ސާވޭގައި ބައިވެރިވި ގިނަ މީހުން ބުނެފައި ވަނީ ދުވާލަކު އެއް ފަހަރު ވެސް ފެން ނުވެރެނީ މަސައްކަތުގެ މާހަލުގައި މާ ބޮޑަށް ބިޒީވުމުގެ ސަބަބުންނެވެ.
މި ސާވޭގައި ބައިވެރިވި 57 އިން ސައްތަ އަންހެނުން ބުނެފައި ވަނީ ފެންވަރައި ސާފު ތާހިރުވުމަކީ މުހިއްމުކަމެއްކަން އެނގޭ ކަމަށެވެ. ނަމަވެސް ވަގުތު ނުވާތީ ދުވާލަކު އެއް ފަހަރު ވެސް ފެން ނުވެރޭ ކަމަށެވެ.
ދިރާސާގައި ބައިވެރިވި އެ އަންހެނުންތައް ބުނެފައި ވަނީ ފެންނުވެރުނު ނަމަވެސް ވެޓް ޓިޝޫ ފަދަ އެއްޗަކުން ހަށިގަނޑުގައި އުނގުޅައި ސާފު ކުރާ ކަމަށެވެ.
މީގެ އިތުރުން ވެސް ގިނަ އަންހެނުން މަސައްކަތަށް ދާން މޫނުގައި އުނގުޅާ މޭކަޕް ސާފުކޮށް ނުވާކަ މަށް ވެސް ވަނީ ބުނެފަ އެވެ. އެގޮތުން 60 އިން ސައްތަ އަންހެނުން ބުނީ ބިޒީ ވުމުގެ ސަބަބުން މޭކަޕް ސާފު ނުކޮށް ނިދާ ކަމަށެވެ. އަދި އޭގެ އަސަރު ނިދުމަށް ފޯރާ ކަމަށެވެ.
ޖުމްލަކޮށް މުޅި ސާވޭގައި ބައިވެރިވި އެންމެން ވެސް ބުނީ ފެން ނުވެރުމުގެ ސަބަބުން ހަންގަނޑުގެ މައްސަލަ ކުރިމަތިވާނެކަން އެނގޭ ކަމަށެވެ.
މި ދިރާސާއާ ގުޅިގެން ބައެއް ކުންފުނިތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.