Last Updated: June 15, 13:51
Monday, June 15, 2026
ޚަބަރު

ލިވަޕޫލަށް އަބަދުވެސް ޚާއްސަ ޖާގައެއް އޮންނާނެ: ކުޓީނިއޯ

ލިވަޕޫލްގެ ތަރި، ފިލިޕޭ ކުޓީނިއޯ 142 މިލިއަން ޕައުންޑުގެ އަގަކަށް ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވުމަށްފަހު އިންސްޓަގްރާމް މެދުވެރިކޮށް ލިވަޕޫލް ސަޕޯޓަރުންނަށް ފަށްފަށުން ޝުުކުރު އަދާކޮށްފިއެވެ.

ކޫޓީނިއޯ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ހިތުގައި ޚާއްސަ ޖާގައެއް ލިވަޕޫލަށް އޮންނާނެ ކަމަށެވެ. އަދި އޭނާ ލިވަޕޫލަށް އައި ދުވަހުން ފެށިގެން ލިވަޕޫލް ސަޕޯޓަރުންގެ ހުސްވުމެއް ނެތް ލޯތްބާއި ސަޕޯޓު އޭނާއާއި އޭނާގެ އާއިލާއިން އަބަދުވެސް ހެޔޮހިތުން ގަބޫލުކުރާނެ ކަމަށާއި އެކަމަށް އަބަދުވެސް ޝުކުރު ކުރާ ކަމަށެވެ.
https://www.instagram.com/p/BdtIUUxhPQE/?hl=en&taken-by=phil.coutinho
ކުޓީނިއޯ އިތުރަށް ބުނެފައިވަނީ ބާސެލޯނާއާ ގުޅުމަކީ އޭނާ ވަރަށް ދުވަސްވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށާއި އެ ހުވަފެން ހާސިލުކުރުމަށް ފުރުސަތެއް ލިބުމުން އޭނާ އެ ނިންމި ނިންމުމަކީ ލިވަޕޫލް ސަޕޯޓަރުންނަށް ގަބޫލުކުރެވޭނެ ނިންމުމެއް ކަމަށް ވުމަކީ އޭނާގެ އުއްމީދު ކަމަށް އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.

ލިވަޕޫލްގައި ހޭދަކުރި 5 އަހަރު ތެރޭގައި ކުޓީނިއޯ ވަނީ ކުލަބަށް 201 މެޗު ކުޅެ، 54 ލަނޑު ޖަހާފައެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ލިވަޕޫލްގެ އެންމެ މުހިންމު ކުޅުންތެރިޔާގެ މަގާމުގައި ދެމިހުރި ކުޓީނިއޯ ކުލަބާ ވަކިވުމުން ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ނުރުހުމާއި ރުޅިވެރިކަން އޭނާއަށް ލިބުނު ނަމަވެސް އިންސްޓަގުރާމު މެދުވެރިކޮށް ކުރި ޕޯސްޓުން ބައެއް ސަޕޯޓަރުންގެ ހިތް އޭނާ ވަނީ އަނބުރާ އަތުލާފައެވެ.