Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

އެންވަރަޔަމަންޓް މިނިސްޓްރީގެ ޕިކަޕް ޑްރައިވަރު ދޫކޮށްލައިފި

އެންވައިރަމެންޓު މިނިސްޓްރީގެ ވެހިކަލަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ވަނީ މަރުވެފައި،

އެންވައިރަމެންޓް މިނިސްޓްރީގެ ޕިކަޕުން ޖެހި މިދިޔަ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު 13 އަހަރުގެ ކުއްޖަކު މަރުވި މައްސަލާގައި ހައްޔަރު ކުރި ޕިކަޕް ޑްރައިވަރު ދޫކޮށްލައިފިއެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމް އާއި ދިމާލުން ލިންކު ރޯޑުގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލްގެ ފަހަތުގައި އިން ގދ. ވާދޫ، ނެސްޓް އަރުޝަމް އިބްރާހީމް ވަނީ އެ ހާދިސާއަށް ފަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައެވެ.

މީގެ އިތުރުން ސައިކަލް ދުއްވަން އިން ސ. މަރަދޫ ހިރުދުގަސްދޮށުގޭ ހުސެއިން އަނަސް އަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

މިހާދިސާގައި ޕިކަޕް ދުއްވަން އިން ޑްރައިވަރު ހައްޔަރު ކުރުން ލަސް ވުމާއި ގުޅިގެން ފުލުހުންނަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވިއެވެ.

ޑްރައިވަރު ދޫކޮށްލާފައިވަނީ އޭނާގެ ބަންދުގެ މުއްދަތުގެ ހަ ދުވަސް ހަމަވުމާއިގުޅިގެން މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުންނެވެ.