ޚަބަރު

އިޒްރޭލްގެ ވަރުގަދަ ހަމަލާތަކެއް ސީރިޔާ އަށް

AFP

އިޒުރޭލާއި ސީރިޔާގެ ދިފާއީ ބާރާ ދެމެދު ވަރުގަދަ ވައިގެ ހަމަލާތަކެއް މިއަދުގެ ވަގުތެއްގައި ބަދަލުކޮށްފިއެވެ. މީގެ އިތުރުން އިޒުރޭލުން ވަނީ މިސައިލު ހަމަލާތަކެއްވެސް ސީރިޔާއަށް ފޮނުވާފައެވެ.

ހަމަލާތައް ފެށުނީ އިޒުރޭލުން ސީރިޔާގެ ދިމިޝްޤުގެ ސަރަހައްދަކަށް ހަމަލާ ދިނުމުންނެވެ. ޖަވާބުގައި ސީރިޔާ އަސްކަރިއްޔާއިން ފޮނުވި ހަމަލާތަކުގައި އިޒުރޭލުގެ ފައިޓާ ޖެޓަކަށް ވަނީ ހަމަލާ ދީ، ގޮއްވާލާފައިވާ ކަމަށް ސީރިޔާ އަސްކަރިއްޔާއިން ރިޕޯޓުކޮށްފައިވެއެވެ.

ޚަބަރު ލިބޭ ގޮތުގައި އިޒުރޭލުން އަމާޒުކުރީ ސީރިޔާގެ އަސްކަރީ ބޭސްތަކަށާއި އަސްކަރީ ދިރާސާތައް ހިނގަމުން އަންނަ ލެބޯޓަރީތަކާއި ހަތިޔާރު ގުދަންތައް ސުންނާފަތި ކޮށްލުމަށެވެ. އިޒުރޭލުން ސީރިޔާއާ ދިމާކޮށްގެން އުޅެނީ ސީރިޔާގެ ތެރޭގައި ދާދި ފަހުން ހިނގި ދާޚިލީ ހަނގުރާމައިގެ ސަބަބުން ގައުމު ނާޒުކު ހާލަތަކަށް ވެއްޓިފައިވަނިކޮށެވެ.

ސީރިޔާގެ އުސް ބައެއް ބިންތަކުގައި އިޒުރޭލުން މިހާރު އަންނަނީ ގަދަ ބާރުން ވަޒަންވެރިވެ އެބިންތައް ވެސް ހިފުމުގެ މަސައްކަތް ކުރަމުންނެވެ.