Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

"ރައްޔިތުންނޭ ކިޔައިގެން އަނގަ ތަޅާ އިރު ލަދު ކޮބާ؟"

ރައްޔިތުންނޭ ކިޔައިގެން އަނގަތަޅަން ލަދު ގަންނަން ޖެހޭ ކަމަށް ބުނެ ޕީޕީއެމްގެ ޕާލިމެންޓްރީގެ ލީޑަރ ވިލިމާފަންނު ދާއިރާގެ މެމްބަރ އަހުމަދު ނިހާން ހަސަން މަނިކަށް ތިމަރަފުށީ ދާއިރާގެ މެމްބަރ މުހައްމަދު މުސްޠަފާ ފާޑު ވިދާޅުވެއްޖެ އެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކާއި ގުޅޭގޮތުން ނިހާން މަޖްލިސް މެމްބަރުނަށް ފޮނުއްވި މެސެޖެއްގެ ސްކްރީންޝޮޓް އާއްމު ކުރައްވައި މުސްޠަފާ ވިދާޅުވީ ސަރުކާރުން ގޮޅިތަކަށް 1000 ރުފިޔާދީގެން މަހަކު 7500 ރުފިޔާ އާއި 10،000 ރުފިޔާ އާއި ދެމެދުގެ އަގަށް ކުއްޔަށްދޭއިރު ރައްޔިތުންނޭ ކިޔައިގެން އަނގަ ހުޅުވަން ލަދު ގަންނަން ޖެހޭ ކަމަށެވެ.

މުސްޠަފާ ވިދާޅުވީ އަގުހެޔޮކޮށް ގޮޅިއެއް ދޭންވެސް މި ސަރުކާރަށް ނުފުދޭ ކަމަށެވެ.

މުސްތަފާ އާއްމު ކުރެއްވި ޗެޓްލޮގްގެ ސްކްރީންޝޮޓްގައި ނިހާން ވިދާޅުވެފައިވަނީ ދަތުރުވެރިންގެ މާރުކޭޓުން އެދިލެއްވި މެމްބަރުންގެ ދާއިރާތަކުގެ މީހުންނަށް ހަމައަށް ގޮޅި ލިބޭނެކަމަށް ހައުސިން މިނިސްޓްރީން މިއަދު އަންގާފައިވާކަމަށެވެ. އެހެންވެ ޝުކުރިއްޔާ މުއިއްޒު އަދި ރައީސް ޔާމީނަށްވަނީ ދަންނަވާފައެވެ.