ކުޅިވަރު

އަގުއޭރޯގެ ގޯލުން ފުރަތަމަ ލެގް ސިޓީ އަށް

ކަރަބައޮ ކަޕް ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީ އާއި ބްރިސްޓަލް ސިޓީ ބައްދަލު ކުރި މެޗް ފުރަތަމަ ލެގު ހަނި ގޮތަކަށް ސިޓީ ކާމިޔާބުކޮށްފި އެވެ.

ސިޓީ މި މެޗުން މޮޅުވީ ބްރިސްޓަލްއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. އެއީ 44 ވަނަ މިނެޓްގައި ބްރިސްޓަލް ސިޓީ އަށް ލީޑު ނަގާ ދިނީ ލިބުނު ޕެނަލްޓީއަކުން ރީޑް އެވެ.

ނަމަވެސް ދެވަނަ ހާފު ފެށިގެން ފުރަތަމަ 10 މިނެޓްތެރޭ ކެވިން ޑިބްރުއޭނާ ވަނީ ސިޓީ އަށް ނަތީޖާ އެއްވަރުކޮށްފަ އެވެ. މެޗްގެ އެންމެ ފަހު ވަގުތު އަގުއޭރޯ ބޮލުން ޖެހި ގޯލަކާ އެކު ސިޓީ އަށް ސެމީގެ ފުރަތަމަ ލެގު ލިބިފައިވާ އިރު ގުއާޑިއޯލާގެ ޓީމަށް ވަނީ ފައިނަލަށް ދަތުރު ކުރުމުގެ ހިތްވަރު އާ ކުރެވިފަ އެވެ.

ސެމީގެ ދެވަނަ މެޗްގައި މިރޭ ޗެލްސީ ދަނޑުގައި އާސެނަލް އިން ނިކުންނަ އިރު މި ދެ ޓީމް ލީގްގައި ބައްދަލު ކުރި މެޗު ނިމިގެން ގޮސްފައި ވަނީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ.