ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ބަންދުކޮށްފައި ހުންނަ ގޮޅި ފުލުހުން ފޮރެންސިކް ޚާއްސަ ޓީމަކުން ބަލާ ފާސްކޮށްފިއެވެ.
އަދީބުގެ ގޮޅި ފުލުހުން ބަލާ ފާސްކޮށްފައިވަނީ ވަނީ ފޯނެއް ގެންގުޅޭ ކަމުގެ ތުހުމަތުގައި، މިދިޔަ ހޯމަ ދުވަހުގައެވެ. ފުލުހުންގެ ފަރާތުން މިކަމާ ގުޅޭ ގޮތުން ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.
ފާސްކުރުމުން އަދީބުގެ ގޮޅިން ފޯނެއް ނުވަތަ ޖަލަށް ވެއްދުން މަނާ އެއްޗެއް ފެނިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.
އަދީބުގެ ގޮޅި ފާސްކޮށްފައި މިވަނީ އަދީބުގެ ބޭސްފަރުވާއަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރަމުންދާ ދަނޑިވަޅެއްގައެވެ.