ދެހާސް ދިހަ ވަނަ އަހަރު ސަލްމާން ޚާނާ އެކު ފިލްމް "ދަބަންގް" އިން ބޮލީވުޑް އަށް ތަޢާރަފުވި ބަތަލާ ސޮނާކްޝީ ސިންހާ ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އޭނާގެ އެކްޓިން ހުނަރާ އެކު ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދައިފަ އެވެ.
ދާދި ފަހުން "އިއްތެފާޤް" އިން ފެނިގެން ދިޔަ ބަތަލާގެ ކުރިއަށް އޮތް ފިލްމް "ހެޕީ ބާގް ޖާޔޭގީ ރިޓާންސް" ގެ ޝޫޓިން ފަށާފައިވާކަން ޓްވިޓާ މެދުވެރިކޮށް ސޮނާކްޝީ ވަނީ ފޭނުންނާ ހިއްސާކޮށްފަ އެވެ.
https://twitter.com/sonakshisinha/status/949980781333577728
އެގޮތުން އޭނާ ވަނީ އެ ފިލްމްގެ ޝޫޓިން އަށް ބެންކޮކަށް ދިޔަ އިރު އެއާޕޯޓްގައި ދިމާވި ވަރަށް މަޖާ ކަމެއްގެ ވާހަކަ ވެސް ހިއްސާކޮށްފަ އެވެ.
https://twitter.com/sonakshisinha/status/950262387751489536
މުދައްސަރް އަޒީޒް ޑައިރެކްޓް ކުރާ މި ފިލްމަކީ 2016 ގއި ރިލީޒް ކުރި ފިލްމް "ހެޕީ ބާގް ޖާޔޭގީ" ގެ ދެވަނަ ބައެވެ.