ޕްރިޔަންކާ ޗޯޕްރާގެ އިނގިރޭސި ޓީވީ ސިލްސިލާ "ކުއަންޓިކޯ" ގެ ތިން ވަނަ ސީޒަން އަންނަ އެޕްރީލް މަހުގެ ތެރޭގައި ޕްރިމިއާ ކުރަން ނިންމިކަން އިއުލާންކޮށްފި އެވެ.
ޕްރިޔަންކާ އިސްޓަގްރާމްގައި ބުނީ ތިން ވަނަ ސިޒަން ދައްކަން ފަށާނީ އޭޕްރީލް، 26، 2018 އިން ފެށިގެން ކަމަށެވެ.
ޗުއްޓީއަށް ފަހު އަނެއްކާވެސް މަސައްކަތް ކުރަން ފަށާފައިވާ ޕްރިޔަންކާ ވަނީ އެ ޝޯގެ ޝޫޓިން ކުރުމަށް ނިއު ޔޯކަށް ގޮސްފަ އެވެ.
"ކްއަންޓިކޯ" ގެ ތިން ވަނަ ސީޒަން ރިލީޒް ކުރާ ތާރީޚް އޭބީސީ އިން ވެސް ވަނީ އިންސްޓަގްރާމް އާއި ޓްވިޓާ މެދުވެރިކޮށް ރަސްމީކޮށް އިއުލާންކޮށްފަ އެވެ.
ޕްރިޔަންކާ ދެން ބޮލީވުޑް އިން ފެނިގެން ދާނީ ކޮން އިރަކު ކަމެއް ނޭނގުނު ނަމަވެސް، މިދިޔަ އަހަރު ރިލީޒް ކުރި "ބޭވޮޗް" އަށް އޭމާ ވަނީ ހޮލީވުޑްގެ އިތުރު ދެ ފިލްމެއްގެ މަސައްކަތް ނިންމައިފަ އެވެ.
އެއީ "އަ ކިޑް ލައިކް ޖޭކް" އާއި "އިޒިންޓް އިޓް ރޮމޭންޓިކް" އެވެ.