Last Updated: June 15, 13:51
Monday, June 15, 2026
ޚަބަރު

"މި ވެރިކަން ނިމުމުން ކާށި ކިބައަކަށް ފުލެޓް ލިބޭނެ"

މިއަދު ރައްޔިތުން ބޮޑު އަގު ދީފައި ފުލެޓު ނުގަތުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު ކަމަށް އިންތިޚާބުވި މުހައްމަދު މުސްތަފާ ގޮވާލައިފިއެވެ. އީސީން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެމްބަރުންގެ ތެރޭގައި ހިމެނޭ މުސްތަފާ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ޓުވީޓުގައި މުސްތަފާ ވަނީ މިއަދު ރައްޔިތުން އެއްވެސް ގޮތަކަށް ބޮޑު އަގު ދިނުމަށްފަހު ފުލެޓުތައް ނުގަތުމަށް ގޮވާލާފައެވެ. މިސަރުކާރު ނިމުމުން ކާށި ކިބައަކަށްވެސް ފުލެޓު ގަންނަން ރައްޔިތުންނަށް ލިބޭނެ ކަމަށް މުސްތަފާގެ ޓުވީޓުގައި ބުނެފައިވެއެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަންނަ މުސްތަފާ މިހެން ވިދާޅުވެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ ފުލެޓުތައް ނުއަގުގައި ކުއްޔަށް ދޫކުރަން މަސައްކަތް ކުރާ ކަމުގެ އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ހައުސިން މިނިސްޓަރު މުއިއްޒު ވަނީ އެއީ އެއްބަސްވުމާ ޚިލާފު ކަމެއް ކަން ހަނދާކޮށް، އެގޮތަށް އަމަލުކުރާ މީހުން އަތުން ފްލެޓުތައް އަތުލާނެ ކަމަށް ވިދާޅުވެފައެވެ. ހުޅުމާލެއިން އަލަށް ދޫކުރި ފްލެޓުތަކުގެ ޑައުން ޕޭމެންޓުގެ ގޮތުގައި 25،000ރ. ދެއްކުމަށްފަހު މަހު ކުލީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ ހަތް ހާސް ރުފިޔާއެވެ.