ޚަބަރު

ގެއްލިގެން ހޯދި ތޮއްޔިބް ފެނިއްޖެ

މީގެ ތިން ދުވަސް ކުރިން ފެށިގެން ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ސ. ހިތަދޫ، ފެލީނާ އުމުރުން 25 އަހަރުގެ އަލީ ތޮއްޔިބް މިއަދު ފެނިއްޖެ އެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ތޮއްޔިބުގެ އާއިލާގެ މެންބަރަކު ބުނި ގޮތުގައި ތޮއްޔިބު ފެނުނީ އޭނާ މަސައްކަތް ކުރަމުންދާ ކްލަބް މެޑް ރިސޯޓަށް ދިއުމުން ކަމަށެވެ.

ތޮއްޔިބު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ ރިސޯޓްގައި ހުރުމަށް ފަހު އެއް ދުވަހުގެ އޮފަކަށް މާލެ އައި ފަހުން އަނބުރާ ރިސޯޓަށް ނުގޮސް ތިން ދުވަސް ވުމުންނެވެ. ފާއިތުވި 3 ދުވަހު ވެސް އޭނާއާ ގުޅިފައި ނުވާއިރު މާލޭގައި ދިރިއުޅޭ އާއިލާގެ އެއްވެސް ގެއަކަށް އޭނާ ނުދާ ކަމަށް އާއިލާއިން ބުނެއެވެ.

ގެއްލިގެން ހޯދަމުން ދިޔަ ތޮއްޔިބު ފެނިފައިވާކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ތޮއްޔިބު ފެނުނީ އޭނާ މަސަތްކަތް ކުރަމުންދާ ކްލަބް މެޑް ރިސޯޓަށް ދިއުމުން ކަމަށެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.