އިންޑިޔާއާ ރާއްޖެއާ ދެމެދު އޮތް ގުޅުން ރަނގަޅު ކުރުމަށް ރައީސުލްޖުމުހޫރިއްޔާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރާއްޖެ ވަޑައިގަތުމަށް ފޮނުއްވި ދައުވަތު މޯދީ ގަބޫލު ކުރައްވައިފި އެވެ.
ފަސޭހަފުޅު ވަގުތެއްގައި ރާއްޖެ ވަޑައިގަތުމަށް އެދި ރައީސް ޔާމީން މޯދީއަށް ދައުވަތު ފޮނުވާފައިވާއިރު މޯދީ އެ ދައުވަތު ގަބޫލުކުރިކަން އަންގާފައިވަނީ މިއަދު ފޮރިން މިނިސްޓަރު އާސިމާއި ބައްދަލު ކުރެއްވުމަށް ފަހުގައެވެ.
ރައީސްގެ ޚާއްސަ މަންދޫބެއްގައި ފޮރިން މިނިސްޓަރު މިހާރު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބޮޑުވަޒީރު މޯދީއާއި ބައްދަލު ކުރައްވައި މަޝްވަރާ ކޮށްފައިވެއެވެ.
މީގެ ކުރިންވެސް މޯދީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެއްސި ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހު އެފަދަ ޒިޔާރަތަކަށް ތަންނުދިނުމުން މޯދީ ވަނީ ފަހު ވަގުތު ރާއްޖެ ވަޑައިގަތުން ކެންސަލް ކޮށްފައެވެ.