Last Updated: July 1, 20:14
Wednesday, July 1, 2026
ސިއްހަތު

ކޮސްމެޓިކްސްގެ މުއްދަތު ހަމަވާ ދުވަސް ދެނެގަތުން!

ކޮސްމެޓިކްސް އުފައްދާ ކުންފުނިތަކުން ކޮސްމެޓިކްސްތަކުގައި މުއްދަތު ހަމަވާ ތާރީޚު ލޭބަލް ކުރުން ފުޑް އެންޑް ޑްރަގްސް އޮތޯރިޓި (އެފްޑީއޭ) އިން ލާޒިމެއް ނުކުރެ އެވެ. ނަމަވެސް ބަަައެއް ކުންފުނިތަކުން ކޮސްމެޓިކްސްތަކުގެ ޕެކޭޖްގައި މުއްދަތު ހަމަވާ މަސް، ދުވަސް އަދި އަހަރު ޖަހާފައި ހުރެ އެވެ.

އެހެން ޕެކޭޖްތަކުގައި މަތި ހުޅުވިފައިވާ ފުޅިއެއްގެ ނިޝާނަކާއި އެކު ނަންބަރަކާއި އަކުރެއް ޖަހާފައި ހުރެއެވެ. އެއީ މައްސަރު އަންގައި ދިނުމަށް “M” އަކުރެއް ނުވަތަ އަހަރު އަންގައި ދިނުމަށް “Y” އަކުރެކެވެ. މިގޮތުން “6M” މި ގޮތަށް ޖަހާފައިވާ ނަމަ އޭގެ މާނަައަކީ އެ ކޮސްމެޓިކްގެ ސީލް ކަނޑާލުމަށް ފަހު ނުވަތަ އޭގެ މަތި ހުޅުވުމަށް ފަހު ބޭނުން ކުރެވޭނީ 6 މަސް ދުވަހަށް ކަމަށެވެ.

އާންމު ގޮތެއްގައި ކޮސްމެޓިކްސް ބޭނުން ކުރެވޭ މުއްދަތު:

* މަސްކާރާ: ބޭނުން ކުރަން ފަށާ ދުވަހުން ފެށިގެން 2-3 މަސް ދުވަހަށް ރަނގަޅު ވާނެ އެވެ. ނުވަތަ މާ ބޮޑަށް ހަރުވެ ވަސް ނުބައިވާ ނަމަ ބޭނުން ކުރުން ހުއްޓާލާށެވެ.

* ލޯޝަން: ފުޅީގެ މަތި ހުޅުވާ ދުވަހުން ފެށިގެން 2 އަހަރަށް ބޭނުން ކުރެވޭނެ އެވެ. ނަމަވެސް ކުލަ އާއި ވަސް ބަދަލުވެއްޖެ ނަމަ ބޭނުންނު ކުރާށެވެ.

* ދިޔާ ފައުންޑޭޝަން/ ކޮންސީލަރ: ބޭނުންކުރަން ފަށާ ދުވަހުން ފެށިގެން 6-12 މަސް ދުވަހަށް ރަނގަޅުވާނެއެވެ. އެހެން ނަމަވެސް ގަނޑުވެ ކުލަ ބަދަލުވެއްޖެ ނަމަ ބޭނުން ކުރުން ހުއްޓާލާށެވެ.

* ލިޕްސްޓިކް/ލިޕް ގްލޮސް: ބޭނުންކުރަން ފަށާ ދުވަހުން ފެށިގެން 1 އަހަރަށް ރަނގަޅު ވާނެ އެވެ. ނުވަތަ ލިޕްސްޓިކް މާ ބޮޑަށް ހިކި އަދި ލިޕް ގްލޮސް މާ ބޮޑަށް އޮލަވެއްޖެނަ މަ އެ އެއްޗެހި އެއް ފަރާތް ކޮށްލާށެވެ.

* ހިކި ފައުންޑެންޝަން/ ބްލަޝް/ އައި ޝެޑޯ: ބޭނުން ކުރަން ފާށާ ދުވަހުން ފެށިގެން 2 އަހަރު ދުވަހަށް ރަނގަޅު ވާނެ އެވެ. ނުވަތަ މާ ބޮޑަށް ހިކި، ގަނޑުވާ ނަމަ ބޭނުން ކުރުން ރަނގަޅެއް ނޫނެވެ.

* ސެންޓް/ބޮޑީ ސްޕްރޭ: ފުޅީގެ މަތި ކަނޑާ ދުވަހުން ފެށިގެން 8-10 އަހަރު ދުވަހަށް ރަނގަޅު ވާނެ އެވެ. ނުވަތަ ކުލަ އާއި ވަސް ބަދަލުވެއްޖެ ނަމަ ބޭނުން ނުކުރާށެވެ.

* ނެއިލް ޕޮލިޝް: ބޭނުންކުރަން ފަށާ ދުވަހުން ފެށިގެން 1-2 އަހަރު ދުވަހަށް ރަނގަޅު ވާނެ އެވެ. މާ ބޮޑަށް އޮލަވެ ނުވަތަ ގަނޑުވެ އަދި ފުޅި ހަލުވާލުމުން ވެސް އެއް ނުވާ ނަމަ ބޭނުން ކުރުން ހުއްޓާލާށެވެ.

ނޯޓް: މިއީ ޕެކޭޖްގައި މުއްދަތު ހަމަވާ ތާރީޚު ޖަހާފައި ނުވާ ކޮސްމެޓިކްސް ބޭނުން ކުރާނެ ގޮތެވެ. އެހެން ނަމަވެސް މަތީގައި ލިޔެވިފައިވާ އަލާމާތްތައް ފެންނަ ނަމަ އެ އުފެއްދުމެއް ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.