ޚަބަރު

ކަތިވަޅިއަކުން ކުޑަކުއްޖަކު ޒަޚަމްކޮށްލައިފި

އައްޑޫ ސިޓީ، ހިތަދޫގައި ގްރޫޕެއްގެ ބަޔަކު ކުޑަކުއްޖަކަށް ހަމަލަދީ ޒަޚަމްކޮށްލައިފި އެވެ.

ހިތަދޫ ބޮޑުމަގުގައި ހުންނަ ޝީޝާ ޝޯރޫމް އާއި ދިމާލުގައި ހިންގި މި މާރާމާރީގައި އެ ކުއްޖާއަށް ހަމަލާދީފައި ވަނީ ކަތިވަޅިއަކުން ކަމަށް ވެއެވެ.

މާރާމާރީގައި ޒަޚަމްވި ކުއްޖާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދީފައިވާއިރު، އޭނާ އަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވަައެވެ.

ހޮސްޕިޓަލުގެ އޮފިޝަލް ވިދާޅުވި ގޮތުގައި މާރާމާރީގައި އަނިޔާވި ކުއްޖާގެ ބޮލުގެ 2 ތަނަކުން ފަޅައިގެން ގޮސްފައިވާ ކަމަށެވެ.

ރޭ ހިތަދޫގައި ހިންގި މި މާރާމާރީ އާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފައެވެ.