Last Updated: June 15, 13:51
Monday, June 15, 2026
ޚަބަރު

އެމްޑީޕީ ހަރުގެ އަށް ޕެޓްރޯލްގެ ހަމަލާއެއް!

އިއްޔެ އެމްޑީޕީގެ މާލޭ ހެންވޭރު ސަރަހައްދުގައި ހުންނަ ހަރުގެއަށް ބަޔަކު ޕެޓްރޯލު އަޅާފައިހުރި ޕެކެޓުތަކެއް އުކައިފިއެވެ.

އެމްޑީޕީން މައުލޫމާތު ދޭ ގޮތުގައި މިކަން ކޮށްފައިވަނީ އިއްޔެ އިރު އޮއްސި 6:00 ޖަހަމުން ދަނިކޮށެވެ. ސައިކަލަކުން އައި ބަޔަކު ޖޫސް ޕެޓީ އެޅި ކޮތަޅުތަކަކަށް ޕެޓްރޯލް އަޅައި ހަރުގެ ތެރެއަށް އުކުމުގެ ސަބަބުން އެއް ކޮތަޅު ފަޅައިގެން ގޮސް ހަރުގެ ތެރޭގައި ހުރި މީހެއްގެ ގަޔަށްވެސް ޕެޓްރޯލް ބުރައިގެން ގޮސްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

މިމައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށައަޅާނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އެ ސަރަހައްދުގައި އާޓިފިޝަލް ބީޗް ކައިރީ ހަރުގެ ފެންނަ ގޮތަށް ސީސީޓީވީ ކެމެރާއެއްވެސް ހުންނަކަން ފާހަގަކޮށްލެވެއެވެ.