Last Updated: May 3, 15:50
Friday, May 3, 2024
ޚަބަރު

"ވިޝަން ޓެކްސީ" ޕްރޮމޯގެ ނަސީބުވެރިން ހޮވައިފި

ހިތަދޫ ވިޝަން ޓެކްސީ ސެންޓަރުގެ 10 ވަނަ އަހަރީ ދުވަހާ ދިމާކޮށް ކުރިއަށާް ގެންދިޔަ ޕްރޮމޯޝަނުގެ ނަސީބުވެރިން ރޭ ހޮވައި އިނާމްތައް ހަވާލުކޮށްފި އެވެ.

އެ ޓެކްސީ ސެންޓަރުގެ އަހަރީ ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ އޮކްޓޯބަރު، 1، 2017-ޑިސެމްބަރު 31، 2017 އާ ހަމައަށެވެ. މި ޕްރޮމޯޝަނުގެ ނަސީބުވެރިން ރޭ ހޮވީ ހިތަދޫ "އީ-ހަބް" ފިހާރަ ކުރިމަތީގައި ބޭއްވި އިވެންޓެއްގަ އެވެ.

އެގޮތުން އެއް ވަނަ ނަސީތުވެރިޔާ އަށް ލިބުނު އީ-ހަބުން ހުށެހެޅި އައިފޯނާއި ދެވަނަ އަށް ދިޔަ ނަސީބުވެރިޔާ އަށް "ސިލްވަ ރޯޒް" އިން ހުށަހެޅީ ޓީވީ ރެކާއި ތިނަ ވަނަ އަށް ދިޔަ ފަރާތަށް "އަލިމަސް ގެސްޓް ހައުސް" އިން ހުށަހެޅި 32 އިންޗީގެ ޓީވީ ވަނީ ނަސީބުވެރިންނާ ހަވާލުކޮށްފަ އެވެ.

ގަދަ ތިން ނަސީބުވެރިންގެ އިތުރުން ހަތަރު ވަނަ ނަސީބުވެރިއަކަަށް ހިތަދޫ "ފާސްޓް ފުޑް" ރެސްޓޯރަންޓުން 10 މީހަކަށް ދޭ ޑިނާ އާއި ހަތަރު އަށް ދިޔަ ނަސީބުވެރިޔާ އަށް ހިތަދޫ ޑެއިލީ ފްރެޝް އިން 10 މީހަކަށް ދޭ ގިފްޓް ވައުޗާ ވެސް ރޭ ހަވާލުކޮށްފައިވެ އެވެ.

ވިޝަން ޓެކްސީގެ ވެރިޔާ މުހައްމަދު އާމިރު ބުނީ ކޮންމެ އަހަރަކު ވެސް އެ ސެންޓަރުން ކުރިއަށް ގެންދާ ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭ ކަމަށެވެ.

"މި އަހަރު ވެސް އަހަރެމެން މި ޕްރޮމޯޝަން ކުރިއަށް ގެންދާނަން. މިކަމަށް އެހީތެރިކަން ފޯރުކޮށްދޭ ހުރިހާ ވިޔަފާރިތަކަށް ވިޝަން ޓެކްސީން ވަަރަށް ބޮޑަށް ޝުކުރު ވެސް އަދާ ކުރަން،" އޭނާ ބުންޏެވެ.

އޮކްޓޯބަރު 3 ގައި އަހަރީ ދުވަސް ފާހަގަ ކުރާ ވިޝަން ޓެކްސީ ސެންޓަރުގައި މި ވަގުތު 57 ޓެކްސީ ހިދުމަތް ދޭން ހަރަކާތްތެރިވަމުން ދެ އެވެ. އެތަނުގެ ނަމްބަރަކީ 6884545 އެވެ.