Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު

އައްޑޫގައި 625 ވެހިކަލް ފާސްކޮށް، 33 މީހަކަށް ފިޔަވަޅު އަޅައިފި

ފުލުހުން އައްޑޫގައި މި މަހުގެ ތެރޭގައި ކުރިއަށް ގެންދިޔަ ޓްރެފިކް އޮޕަރޭޝަންތަކުގައި 652 އުޅަނދެއް ބަލައިފާސްކޮށް، ގަވައިދާ ހިލާފުވި 33 މީހަކާ މެދު އަޅައިފި އެވެ.

ފުލުހުން ބުނީ މި މަހުގެ 1-11 އަށް އައްޑޫގައި ހިންގި މި ޓްރެފިކް އޮޕަރޭޝަންގައި އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ އަހަރީ ފީ އާއި އިންޝިއުރެންސާއި ރޯޑްވާދިނަސް ސްޓިކާގެ އިތުރުން އެހެނިހެން ޓްރެފިކް ވައިލޭޝަންތައް ބަލާފައިވާ ކަމަށެވެ.

އައްޑޫގައި ފުލުހުން އަންނަނީ މިދިޔަ އަހަރުން ފެށިގެން "ދިވިލިމަތަ" ގެ ނަމުގައި ޓްރެފިކް އޮޕަރޭޝަންތަކެއް ސިލްސިލާކޮށް ހިންގަމުންނެވެ.

އެކަމަކު އައްޑޫގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް ނިސްބަތުން މަދެއް ނުވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފޭދޫ ލިންކް ރޯޑްގައި ވެސް ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތަކަށް ގޮސްފައިވާ އިރު، މިދިޔަ މަހު ހިނގި އެކްސިޑެންޓެއްގައި 13 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ މަރު ވެސް ވެފަ އެވެ.