ތިމާއަށް ކުރިއެރުމާއި މަތީ މަގާމު ހޯދައި ދިން މީހުނަށް ހަރާންކޯރުވުން މިއަދު ރާއްޖޭގެ ސިޔާސީ މައިދާނުގައި ކުރިއެރުން ހޯދުމަށް އޮތް ހަރުގަނޑަކަށް ވެއްޖެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ އެފަދަ އަމަލުތައް ކުރާ ފަރާތްތަކަށް އަންނަން އޮތް ޖީލުތަކުގެ މަލާމާތް ރައްދު ވާނެ ކަމަށެވެ.
މައުމޫން މިހެން ވިދާޅުވެ ޓުވީޓު ކުރައްވާފައި މިވަނީ ރޭ ޖުމުހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްވެސް މިފަދަ މޭރުމަކުން ޓުވީޓެއް ކުރައްވާފައި ވަނިކޮށެވެ.
Thimā ah kurierumā mathī maqāmā shuhurath hōdhaidhin bayakah harānkōru vumakī miadhuge siyāsī maidhānuga kurierumah oiy harugan’dakah vejje. Ekan ehen kuri bayakah annan oiy jīlu thakuge malāmaiy radhdhu vāne.
— Maumoon Abdul Gayoom (@maumoonagayoom) January 13, 2018
ގާސިމްގެ ޓުވީޓުގައި ވަނީ ޖަނަވާރުންގެ މިސާލުން މިސާލު ޖައްސަވާފަ އެވެ. ގެންގުޅޭ ޖަނަވާރު ވެސް ސާހިބު މީހާއަށް ވަފާތެރި ނޫންތޯ ވިދާޅުވެ ގާސިމް ވަނީ ކުއްތާ ވެސް އެއަށް އަޅާލައި، ގެންގުޅޭ ސާހިބު މީހާގެ ހިމާޔަތުގައި ފުރާނަ ދުއްވާލާ ކަމަށާއި އަދި ރާމާމަކުނު ވެސް އެއަށް ހެޔޮކޮށް ހިތި މީހާ ދަންނަ ކަމަށް ވިދާޅުވެ ފައެވެ.
Janavaarunves dhaney esoru gengulhe balaa bodu koh varugadha sorakah hedhi meehaa . Misaalakah kuhthaa esoru belehehtimeehaa salaamaiy kurumah furaana dhuhvaa laa noonthoa.??? Raamaa makunuves heyokameh kohdhin meehaa dhaney dhehthoa . ??? Ekamaku ………. Qasim
— Qasim Ibrahim (@qasimibrahim) January 12, 2018
ގާސިމް މިހެން ޓުވީޓުކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު، ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ގާސިމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާ ދަނޑިވަޅެއްގަ އެވެ.