Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

އެއާޕޯޓް ބިން ހިއްކަން މަހާޖައްރާފު ފުނަދު އަށް

ހދ. ކުޅުދުއްފުށީ އެއާޕޯޓު އެޅުމަށް އެރަށު ކުޅިއާއި ފުއްޓަރު ފަރާތު ބިން ހިއްކުމަށްފަހު އެމްޓީސީސީގެ ބޮޑު ކޮންނަ ބޯޓު ށ. ފުނަދޫ އެއާޕޯޓުގެ ބިން ހިއްކުމަށް އެރަށަށް މިސްރާބު ޖަހައިފިއެވެ.

ފުނަދޫގައި އަޅާ އެއާޕޯޓު އެޅުމަށް ބޭނުންވާ 21 ހެކްޓަރުގެ ބިން ހިއްކުމަށް "މަހާޖައްރާފު" އެރަށަށް ދަތުރު ފަށައި މިއަދު ހަވީރު ފުނަދުއަށް ބަނދަރު ކޮށްފައިވާއިރު މާދަމާ ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް އެރަށު ކައުންސިލުން ބުނެފައިވެއެވެ.

އެމްޓީސީސީން ލަފާ ކުރާ ގޮތުގައި ފުނަދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކައި ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެއެވެ. ފުނަދޫ އެއާޕޯޓު އެޅުމަށް ނިންމާފައިވަނީ އެރަށު އުތުރުގެ ހުޅަނގު ފަރާތު މޫދުންނެވެ.

މަހާޖައްރާފު ރަށަށް ބަނދަރު ކުރުމުން ފުނަދޫގެ ގިނަ ރައްޔިތުން ވަނީ ނިކުމެ ބޯޓުގެ ފަޅުވެރިންނަށް ސައިފޮދު އަރުވާފައެވެ.