Last Updated: April 29, 06:03
Monday, April 29, 2024
ޚަބަރު

ހިތަދޫ ގެއެއްގައި ރޯވެއްޖެ، ނިއްވުމުގެ މަސައްކަތް ކުރިއަށް

ހިތަދޫ ގެއެއްގައި ދާދި ދެންމެއަކު އަލިފާން ރޯވެއްޖެ އެވެ.

އަލިފާން ރޯވެފައި ހިތަދޫ ބޮޑުމަގުގައި ހުންނަ ޗެކްމާކް ފިހާރަ ކައިރީގައި ހުންނަ އެލްމިނިއަލް ގޭގަ އެވެ. އެގޭގެ ވަރަށް ބޮޑު ބައިގައި ރޯވެ އަނދަން ފެށުމާ އެކު، އެމްއެންޑީއެފް ފަޔަރަށް ރިޕޯޓްކޮށް އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އެލްމިނިއަމް ގޭގެ އަވަށްޓެރިއަކު "އައްޑޫ ލައިވް" އަށް ބުނީ ބަޔަކު ދިރިވެސް އުޅެމުން އަންނަ އެގޭގައި ވަރަށް ބޮޑަށް ރޯވެފައިވާ ކަމަށެވެ.

ނަމަވެސް އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާވެފައެއް ނުވެއެވެ. އަލިފާންގަނޑު ރޯވުމަށް ދިމާވި ސަބަބެއް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

"މިގޭ މީހުން ވެސް ނިދަން ތިއްބައި ބަޔަކު ދޮރުގައި ތަޅައިގަތް އަޑަކަަށް ހުޅުވި އިރު، އެލްމިއަނިއަމް ގޭގައި ރޯވެގެން އުޅޭ ވާހަކަ ބުނެގެން ނިކުތް އިރު އެ ގޭގައި ވަރަށް ބޮޑަށް ރޯވެފައި ހުރީ،" އޭނާ ބުންޏެވެ. "މުޅި ގޭގައި އެއްކޮށްފެން ރޯވެފައި ހުރީ."

އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، މިހާރު އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކުރެވިފަ އެވެ.