Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

ހިރާ ސްކޫލްގެ ދަރިވަރުންތަކެއް. އައްޑޫލައިވް ފޮޓޯ : ސަފާ

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

ޖުމްލަ 81،000 ދަރިވަރުން މި އަހަރު ސުކޫލުތަކުގައި ތައުލީމު ހާސިލު ކުރުމަށް ރަޖިސްޓްރީ ވެފައިވެ އެވެ. އެއީ ޕްރީ ސްކޫލުން ފެށިގެން ގުރޭޑު 12 އާ ހަމައަށް ކިޔަވަމުންދާ ދަރިވަރުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ އާ އަހަރު ފެށުމަށް ހުރިހާ ސްކޫލްތަކާއި މެނޭޖުމެންޓްވެސް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށެވެ. އަދި ސްކޫލުތައް ފެށުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތައް ވެ ނިމިފައިވާ ކަމަށް ވެސް އެޑިއުކޭޝަނުން ބުނެފައިވެ އެވެ.

މި އަހަރު ރާއްޖޭގައި ތައުލީމު ދެމުންދާ 200 އަށް ވުރެ ގިނަ ސްކޫލްތަކުގައި 600 އެއްހާ ޓީޗަރުން މަސައްކަތް ކުރަމުން ދާނެ އެވެ.

ސްކޫލްތައް ޑިޖިޓައިޒް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުވަމުން އަންނަ އިރު މިނިސްޓްރީން ބުނެފައި ވަނީ ދަރިވަރުން ސްކޫލަށް ފޮތް ގެންދާނީ މެއި މަހާ ހަމައަށް ކަމަށެވެ.

މޭ ހަތް ވަނަ ދުވަހުން ފެށިގެން ދަރިވަރުން ބޭނުންކުރާނީ ޓެބްލެޓް ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.