އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވެއްޖެއެވެ.
މިއީ ޗެލްސީ ޖެހިޖެހިގެން ލަނޑެއް ނުޖެހި އެއްވަރުވި ތިންވަނަ މެޗެވެ. މެޗުގެ ފުރަތަމަ ހާފުގައި ލެސްޓާ ސިޓީން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު އެޓީމުން ވަނީ ޗެލްސީ ގޯލަށް 12 ހަމަލާއެއް ފޮނުވާލާފައެވެ. ޗެލްސީގެ ހަޒާޑުގެ ނުރައްކާތެރި ހަމަލާތަކެއް ލެސްޓާ ގޯލަށް ފޮނުވި ނަމަވެސް ކީޕަރު ޝްމެއިކެލް ވަނީ ހުށިޔާރުވެފައެވެ.
ދެވަނަ ހާފުގައި ޗެލްސީން ބޮޑަށް ކުޅެފައިވާއިރު ޗެލްސީ ވަނީ މެޗުގައި 17 ހަމަލާ ފޮނުވާފައެވެ. އޭގެ ތެރެއިން 7 ހަމަލާ ގޯލާ އަމާޒުވެފައިވެއެވެ. މެޗުގެ 68 ވަނަ މިނެޓުގައި ލެސްޓާގެ ޗިވެލްއަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ.
ނަމަވެސް ޗެލްސީ ޓީމަށް ލެސްޓާގެ 10 ކުޅުންތެރިންނާ ދެކޮޅަށް 25 މިނެޓު ކުޅުނުއިރުވެސް ލަނޑެއް ޖެހިފައެއް ނުވެއެވެ.