Last Updated: May 19, 00:16
Saturday, May 18, 2024
ޚަބަރު

ހިލޭ ޓިކެޓެއް ނުދެން: ސްރީ ލަންކަން

ސްރީ ލަންކަން އެއާލައިނުން ހިލޭ ޓިކެޓް ދޭ ޕްރޮމޯޝަނެއް ކުރިއަށް ގެންދާ ކަމަށް ބުނެ ސޯޝަލް މީޑިއާ މެދުވެރިކޮށް ދައުރު ކުރާ މެސެޖްތަކަކީ އެ ކުންފުންޏާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ނޫން ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

ސްރީ ލަންކަން އެއާލައިނުން ކުރި ޓްވީޓެއްގައި ބުނީ ހިލޭ ޓިކެޓް ލިބޭ ޕްރޮމޯޝަނެއް ކަމަށް ބުނެ ސޯޝަލް މީޑިއާ އެޕްތަކުގައި ދައުރުވަމުންދާ މެސެޖުތަކާ އެކުންފުންޏާ ގުޅުމެއް އޮތް ކަމަކަށް ނުވާތީ އެއާ ގުޅިގެން ހިނގާ އެއްވެސް ކަމެއްގެ ޒިންމާ އެ އެއާލައިނުން ނުނަގާނެ ކަމަށެވެ.

ދައުރުވަމުންދާ މެސެޖްގައިވާ ގޮތުން ހިލޭ ޓިކެޓް ދޭ ޕްރޮމޯޝަކީ ސްރީ ލަންކަން އެއާލައިންގެ 40 ވަނަ އަހަރީ ދުވަހާ ދިމާކޮށް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ހިންގާ ޕްރޮމޯޝަނެކެވެ.