ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑާއި ވިޔަރެއާލް ބައްދަލުކުރި މެޗު 0-1 އިން ވިޔަރެއާލް ކާމިޔާބުކޮށް، ރެއާލް މެޑްރިޑަށް އިތުރު ޕްރެޝަރުތަކެއް ކުރިމަތި ކުރުވައިފިއެވެ.
ރެއާލްގެ ދަނޑުގައި ކުޅުނު މިމެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ 87 ވަނަ މިނެޓުގައެވެ. ރެއާލުން ގޯލެއް ޖެހުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވަނީ ފޮނުވި 27 ހަމަލާވެސް ކީޕަރު ފޫއަޅުވާލާފައި ނުފޮނުވުމުންނެވެ.
މިދިޔަ ސީޒަނުގެ ޗެމްޕިއަނުން މިސީޒަނުގެ ލީގުގައި ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން ރެއާލްގެ ކޯޗު، ޒިނެދީން ޒިދާނަށް މިބައްޔާއެކު ވަނީ އިތުރު ޕްރެޝަރުތަކާ ކުރިމަތިލާން ޖެހިފައެވެ. އެއްވަނައިގައި އޮތް ބާސާއާ ދެމެދު 16 ޕޮއިންޓުގެ ފަރަގެއް އޮތް އިރު ރެއާލްއަށް މިހާރު ވަނީ ގަދަ ހަތަރެއްގައި ލައްވާލަންވެސް އިތުރު މަސައްކަތެއް ކުރަން ޖެހިފައެވެ.