ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައިމަންގެ ކާރާއި އޭނާ ދިރިއުޅޭ އެޕާޓްމެންޓަށް ބަޔަކު ސްޕްރެއި ޖަހާ ގެއްލުން ދީފިއެވެ.
އެނގިފައިވާ ގޮތުގައި މިކަން ކޮށްފައި ވަނީ މިމަހުގެ ފަސް ވަނަ ދުވަހުގެ ރޭގައެވެ. ހުޅުމާލޭގައި ސައިމަން ދިރިއުޅޭ އެޕާޓްމަންޓުގެ ދޮރާއި ޕާކު ކޮށްފައި އޮތް ކާރުގައި ބަޔަކު ވަނީ "ވަގެއް" ސްޕްރެއި ކޮށްފައެވެ.
ފުލުހުން ވަނީ އެފަދަ މައްސަލައެއް ހުށައަޅާފައިވާ ކަން ކަށަވަރުކޮށްދީފައެވެ. އަދި އެމައްސަލަ ބަލަމުން އަންނަ ކަމަށް ބުނެ ފުލުހުން ވަނީ އެއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ދިނުމަށް ދެކޮޅު ހަދާފައެވެ.
ސައިމަންގެ ކާރުގައި ސްޕްރޭއިން "30 ހާސް ވަގު" ޖަހައި ގެއްލުންދީފައިވާއިރު މީގެ ކުރިން ޕްރޮސެކިއުޓާ ޖެނެރަލް ބިސާމްގެ ކާރު ބަޔަކު ވަނީ އަންދާލާފައެވެ.