Last Updated: May 3, 06:00
Friday, May 3, 2024
ޚަބަރު

އެލްމިނިއަމްގެ ނިއްވައި ލެވުނު އިރު، އެއްކޮށް އަނދައިފި

ހިތަދޫގައި ރޭ ދަންވަރު ރޯވި އެލްމިނިއަމްގެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ހިތަދޫ ބޮޑުމަގުގައި ހުންނަ ޗެކްމާކް ފިހާރަ ހިސާބުގަނޑުގައި ހުންނަ ގޭގައި ރޯވިކަމުގެ މައުލޫމާތު ލިބުނީ 1:00 ޖަހަން އުޅެނިކޮށް ކަމަށާއި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވައިލެވުނީ މެންދަމު 2:20 ހާ އިރު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ހިތަދޫ ފަޔާ ސްޓޭޝަނަށް ރޯވިކަމުގެ ރިޕޯޓް ލިބުމާ އެކު، ފަޔާމަނުންގެ ޓީމެއް ފަޔާ ވެހިކަލްގައި ގޮސް ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށެވެ.

ނަމަވެސް އަލިފާންގަނޑު އެއްކޮށް ނިއްވައިލެވުނު ގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަަށް އެމްއެންޑީއެފުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެލްމިނިއަމްގެ އެނދި އިރު، އެ ހުރީ ބަޔަކަށް ކުއްޔަށް ދޭން ހުސްކޮށްފަ އެވެ.