Last Updated: June 13, 14:05
Saturday, June 13, 2026
ޚަބަރު

ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފި

މާލެއިން ގިނަ އަދަދެއްގެ ބަނގުރާ ގެންގުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 33 އަހަރުގެ ފިރިހެނެކެވެ. 8 ނަމްބަރު ޖެޓީ ސަރަހައްދުން ފޮށިގަނޑުތަކެއް ޕިކަޕަކަށް އަރުވައިގެން އޭނާ ދަނިކޮށް ފުލުހުން ވަނީ ހުއްޓުވައި ރާ ފުޅިތަކާއެކު އޭނާ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ 132 ފުޅި ރަލާ އެކުގައި ކަމަށެވެ. ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ދާދި ފަހުންވެސް ސަފާރީއަކުން ފުލުހުން ވަނީ ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އަތުލައިގެންފައެވެ. ނަމަވެސް ޖިނާއީ އިޖުރާއަތު ގާނޫނާއި ޚިލާފަށް އަމަލު ކުރުމުގެ ސަބަބުން ކޯޓުން ވަނީ ރާފުޅިތައް ދޫކުރުމަށް ފުލުހުންނަށް އަމުރުކޮށްފައެވެ.