Last Updated: May 18, 20:05
Saturday, May 18, 2024
ޚަބަރު

ރިޔާސީ އިންތިހާބުގެ ކޮމާންޑަރަކަށް ހަމްދޫން

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަންގެ ކޮމާންޑަރަކަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ހަމަޖައްސައިފި އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި އަހަރު އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ސެކިއުރިޓީއާ ގުޅޭ ކަންކަން ހިމެނެ އެވެ. އަދި އެކަންކަމާ ގުޅޭ މަސައްކަތްތައް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަހަރުގެ ފަހުކޮޅު އޮންނަ ރިޔާސީ އިންތިޚާބާ ދިމާކޮށް، މުޖުތަމައުގެ ހަމަޖެހުމަށް ހުރިހާ ފަރާތްތަކުން އިސްކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ސިޔާސީ ގޮތުން ގައުމު ހަލަބޮލިވާ ދުވަސްވަރު ކުށްކުރުން އާންމުވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ހަމްދޫނަކީ ކުރިން ފުލުހުންގެ އައްޑޫ ކޮމާންޑަރަކަށް ވެސް ހުންނެވި ބޭފުޅެވެ.