Last Updated: June 11, 06:42
Thursday, June 11, 2026
ސިއްހަތު

ދުވަހުގެ ކެއުން: ސްޕެގެޓީ ކަބޮނާރާ

* ބޭނުންވާ ތަކެތި:

300 ގ. ސްޕެގެޓީ (ފެނު ކައްކާފައި)

200 ގ. ބޯންލެސް ޗިކަން (ކުދިކޮށް ކޮށާފައި)

3 ބިހުގެ ގޮބޮޅި

2 މޭޒުމަތީ ސަމުސާ ތެޔޮ

1 ލޮނުމެދު (ހިމުންކޮށް ކޮށާފައި)

4 މޭޒުމަތީ ސަމުސާ ގާނާފައި ހުރި ޗީޒް

ލޮނު

އަސޭ މިރުސް

* ތައްޔާރު ކުރާނެ ގޮތް:

ތަވާ އުނދުން މައްޗަށް އުދާފައި ކުޑަ ތެޔޮފޮދެއް އަޅާފައި ހޫނުވީމާ މަސްކޮޅާއި ލޮނުމެދުކޮޅު އަޅާފައި މަސްކޮޅު ރޯފިލަންދެން ދޭފަތުން ހަލަމުން ގެންދާށެވެ.
ރޯފިލުމުން ސްޕެގެޓީކޮޅު އެއްކޮށްފައި ބިހުގެ ގޮބޮޅި ލޮނުކޮޅަކާ އެއްކޮށްފައި ގިރާލުމަށް ފަހު ސްޕެގެޓީ މައްޗަށް އަޅާފައި ތަށްޓަށް އެޅުމަށް ފަހު މައްޗަށް ޗީޒާއި އަސޭ މިރުސް ބުރުވާލާފައި ސާވް ކުރާށެވެ.

މިއީ މެންދުރު ނުވަތަ ރޭގަނޑުގެ ކެއުމަކަށް ވެސް ހަމަ ވަރަށް ފައްކާވާނެ ޑިޝްއެކެވެ.