Last Updated: June 28, 13:41
Sunday, June 28, 2026
މުނިފޫހިފިލުވުން

ބަތަލާ ޗާރޫ ރޯހަތުގީ މަރުވެއްޖެ

ޕަރިނީތީ ޗޯޕްރާ އާއި އަރްޖުން ކަޕޫރްގެ ފިލްމް "އިޝަޤްޒާދޭ" އިން ފެނިގެން ދިޔަ ވެޓްރަން އެކްޓްރެސް ޗާރޫ ރޯހަތްގީ މަރުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޗާރޫ މަރުވެފައި ވަނީ މިއަދު ހެނދުނު ހާޓް އެޓޭކެއް ޖެހުމުގެ ސަބަބުންނެވެ.

"އިޝަޤްޒާދޭ" ގައި ޗާރޫ އަދާކޮށްފައި ވަނީ ޕަރިނީތީގެ މަންމަގެ ރޯލެވެ. ޕަރިނީތީ ވަނީ ޗާރޫ މަރުވުމާއި ގުޅިގެން ޓްވިޓާ މެދުވެރިކޮށް ހިތާމަ ފާޅުކޮށްފައެވެ.

"އިޝަޤްޒާދޭ"ގެ އިތުރުން ވެސް ޗާރޫ ވަނީ މަޝްހޫރު ފިލްމްތައް ކަމުގައިވާ '15 ޕާކް އެވެނިއު'، 'ސެކަންޑް މެރިޖް ޑޮޓް ކޮމް' އަދި '1920 ލަންޑަން'ގައި ވެސް މަސައްކަތް ކޮށްފައެވެ.

ހަމަ އެހެންމެ އޭނާ ވަނީ މަޝްހޫރު ޓީވީ ސީރީސްތައް ކަމުގައިވާ 'ޕްރަތިގްޔާ' އާއި 'އުއްތަރަން' އަދި 'ތްރިވޭދިޔާން' ގައި ވެސް މަސައްކަތް ކޮށްފައެވެ.