Last Updated: June 28, 13:41
Sunday, June 28, 2026
މުނިފޫހިފިލުވުން

"ޑެޑްޕޫލް 2" މެއި 18 އަށް އަވަސްކޮށްފި

ކާމިޔާބު ފުރަތަމަ ފިލްމަކަށްފަހު ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ "ޑެޑްޕޫލް 2" ރިލީޒް ކުރާ ތާރީޚް ކުރިއަށްވުރެ ދެ ހަފްތާ އަވަސްކޮށްފި އެވެ.

ރިޕޯޓްތައް ބުނާގޮތުން ޓުވެންޓިއެތު ސެންޗަރީ ފޮކްސް އިން ވަނީ "ޑެޑްޕޫލް 2" ރިލީޒް ކުރާ ތާރީޚް ޖޫން 1 އިން މެއި 18 އަށް ބަދަލުކޮށްފަ އެވެ.

އެހެންކަމުން މިހާރު "ޑެޑްޕޫލް 2" ރިލީޒް ކުރެވޭނީ "ސްލެންޑާ މޭން" ވެސް ރިލީޒްކުރާ ދުވަހު އެވެ. އަދި މީގެ ކުރިން އެ ފިލްމް ރިލީޒްކުރުމަށް ހަމަޖެއްސި ތާރީޚް ކަމުގައިވާ ޖޫން 1 ގައި މިހާރު އެއްވެސް ފިލްމެއް ރިލީޒް ނުކުރާނެ އެވެ.

"ޑެޑްޕޫލް" ގެ ފުރަތަމަ ފިލްމުން ފެނިގެންދިޔަ ތަރިން ކަމުގައިވާ ރަޔާން ރޭނޯލްޑްސް އާއި ޖޯޝް ބްރޯލިން ފިލްމްގެ ދެވަނަ ބައިންވެސް ފެނިގެންދާނެ އެވެ. މީގެ އިތުރުން "ޑެޑްޕޫލް 2" ގައި ޒެޒީ ބީޓްޒް ގެ ހުނަރުތައް ވެސް ފެނިގެންދާނެ އެވެ.

ޓުވެންޓިއެތް ސެންޗަރީ ފޮކްސް ސްޓޫޑިއޯ އިން ވަނީ އެ ސްޓޫޑިއޯގެ އެހެން ފިލްމެއް ކަމުގައިވާ އެކްސް-މެންގެ ފިލްމް "ނިއު މިއުޓެންޓްސް" ރިލީޒް ކުރާ ތާރީޚް ވެސް ބަދަލުކޮށްފައިވާކަން އިއުލާންކޮށްފަ އެވެ.