Last Updated: June 28, 13:41
Sunday, June 28, 2026
މުނިފޫހިފިލުވުން

ބްރިޓްސްގެ ގިނަ ނޮމިނޭޝަން ދުއާ ލިޕާ އަށް

މި އަހަރުގެ ބްރިޓްސް އެވޯޑްސް އަށް އެންމެ ގިނައިން ނޯމިނޭޓްވެފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ދުއާ ލިޕާ އެވެ.

އެގޮތުން އޭނާ ވަނީ އެންމެ މޮޅު އަލްބަމްގެ ބަޔަށް ވެސް ނޯމިނޭޓްވެފަ އެވެ.

ދުއާ ލިޕާގެ ލަވަ "ނިއު ރޫލްސް" ވެގެންދިޔައީ މިދިޔަ 2017 ވަނަ އަހަރުގެ އެންމެ މަޤްބޫލް އެއް ލަވައަށެވެ. އެ ލަވަ ވަނީ 'ބެސްޓް ފީމޭލް'، 'ބެސްޓް ވީޑިއޯ'، 'ބެސްޓް ސިންގަލް' އަދި 'ބްރޭކްތްރޫ' ގެ ބައިން ވެސް ނޯމިނޭޓް ވެފައެވެ.

މިއީ ބްރިޓްސް އެވޯޑްސްގެ ތާރީޚުގައި ވެސް އެއް އަހަރެއްގެ ތެރޭގައި އަންހެން ފަންނާނަކަށް ފަސް ނޯމިނޭޝަން ލިބުނު ފުރަތަމަ ފަހަރެވެ. އުމުރުން 22 އަހަރުގެ ދުއާ ލިޕާ ވަނީ ނޯމިނޭޝަންތައް އިއުލާންކުރުމާއެކު، އޭނާ ފަސް އެވޯޑަކަށް ނޯމިނޭޓްވުމާއި ގުޅިގެން ޓްވިޓާ މެދުވެރިކޮށް ހައިރާންކަން ފާޅުކޮށްފަ އެވެ.

https://twitter.com/DUALIPA/status/952241411507871745

އެޑް ޝީރަން ވެސް ބްރިޓްސް އެވޯޑްސްގެ ހަތަރު އެވޯޑަކަށް ނޯމިނޭޓްވެފައިވާއިރު، ޖޭ ހަސް އާއި ރެގް'އެން'ބޯން މޭން ވަނީ ތިން ބަޔަކުން ނޯމިނޭޓް ވެފައެވެ.

މި ފަންނާނުންގެ އިތުރުން ސްޓޯމްޒީ ވެސް ވަނީ 'ބެސްޓް ބްރިޓިޝް އަލްބަމް' ގެ ބައިން ނޯމިނޭޓް ވެފައެވެ.

މި ފަހަރުގެ އެއްވެސް އެވޯޑަކަށް ނޯމިނޭޓް ވެފައިނުވާ އެއް ތަރިއަކީ ސޭމް ސްމިތް އެވެ. އެހެންނަމަވެސް އޭނާގެ އަލްބަމް "ތްރިލް އޮފް އިޓް އޯލް" ވެގެން ގޮސްފައި ވަނީ 2017 ވަނަ އަހަރުގެ ތިންވަނަ އަށް އެންމެ ކާމިޔާބު އަލްބަމަށެވެ.

އެއްވެސް އެވޯޑަކަށް ނޯމިނޭޓްވެފައި ނުވިނަމަވެސް، މި އަހަރުގެ ބްރިޓްސް އެވޯޑްސް ހަފްލާގައި ސްމިތްގެ ހުށަހެޅުމެއް ފެނިގެންދާނެ އެވެ.

ބްރިޓްސް އެވޯޑްސް 2018 އޮންނާނީ ލަންޑަންގެ އޯ2 އެރީނާގައި އަންނަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.