މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް 11" ގެ ޓްރޮފީ މިފަހަރު ހާސިލް ކޮށްފައި ވަނީ ޓީވީ އެކްޓްރެސް ޝިލްޕާ ޝިންޑޭ އެވެ. އާދިއްތަ ދުވަހުގެ ރޭ ޓީވީ އިން ދެއްކި "ބިގް ބޮސް"ގެ ގްރޭންޑް ފިނާލޭގައި ޝިލްޕާ އަށް ޓްރޮފީ ދީފައިވާއިރު، އެ ޝޯގެ ރަނާއަޕް އަކަށް ގޮސްފައި ވަނީ އެކްޓްރެސް ހީނާ ޚާން އެވެ.
ފިލްމް އިންޑަސްޓްރީގައި އުޅޭ ޝިލްޕާ، 40، ރަހުމަތްތެރިންގެ އިތުރުން އޭނާގެ ސޯޝަލް މީޑިއާ ފޭނުން ވަނީ "ބިގް ބޮސް 11" އިން މޮޅުވާން ބޭނުމީ ޝިލްޕާ ކަމަށް ބުނެ އެތައް ހާސް މެސެޖެއް ފޮނުވާފައެވެ.
"ބިގް ބޮސް" ގޭގައި ތިން މަސް ދުވަސް ހޭދަކުރުމަށްފަހު ޝިލްޕާ އާއެކު ގްރޭންޑް ފިނާލޭ އަށް ގޮސްފައިވާ އަނެއް ތިން ތަރިންނަކީ ހީނާ ޚާން އާއި ޕުނީޝް ޝަރްމާ އަދި ވިކާސް ގުޕްތާ އެވެ.

"ބިގް ބޮސް 11" އިން މޮޅުވި ބައިވެރިޔާގެ ނަން އިއުލާންކޮށް ދީފައި ވަނީ އެ ޝޯގެ ހޯސްޓް ކަމުގައިވާ ފިލްމީ ތަރި ސަލްމާން ޚާން އެވެ. އެ ހަފްލާގައި އަކްޝޭ ކުމާރް ވެސް ވަނީ އޭނާގެ ފިލްމް "ޕެޑްމޭން" ޕްރޮމޯޓް ކުރުމަށްޓަކައި ބައިވެރިވެފަ އެވެ.
ކަލާސް ޓީވީ އިން ދެއްކި މި ޝޯ އަކީ ފެށުނީއްސުރެ ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައިވާ ޝޯއެކެވެ.