Last Updated: June 7, 22:00
Monday, June 8, 2026
ރިޕޯޓް

މުޖުުތަމައު ތެރެއިން: ކަރަންޓާ ނުލައި އަހަރެމެން

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ދޭތެރެއަކުން ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް ގެނައި އާ ޖަނެރޭޓަރުތައް އިންސްޓޯލްކޮށް ނިމިފައިވާ އިރު ފެނަކައިން ބުނެފައިވާ ގޮތުން ފާއިތުވި ހަފްތާގެ ނިޔަލަށް އައްޑޫގެ ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލުވާނެއެވެ. އެ

ހެން ނަމަވެސް ހަފުތާ ނިމުނުތާ އެއް ދުވަސް ފަހުން ރޭ ވެސް ގަޑިއެއް ހާއިރަށް އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށަކުން ވަނީ ކަރަންޓު ކެނޑިފައެވެ.

ރޭ ދަންވަރު އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓު ކެނޑުމުގެ ސަބަބުން ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުންނެވެ. މި ފޮޓޯ އަކީ، ރޭ ހިތަދޫގައި ހިންގާ އައިއެމްޑީސީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ބަލިމީހެއްގެ އެހީތެރިޔަކު ސޯޝަލް މީޑީޔާގައި ހިއްސާކުރި ފޮޓޯއެކެވެ.

ފޮޓޯގެ ކެޕްޝަނެއްގެ ގޮތުގައި އޭނާ ލިޔެފައި ވަނީ، "މިއީ ކަރަންޓާއ ނުލައި އަހަރުމެން އުޅޭ ހާލު. ހޮސްޕިޓަލުން ލައިވްކޮށް." މިހެންނެވެ.

އެޑިޓަރުގެ ނޯޓް: "މުޖުތަމައު ތެރެއިން" މި ނަމުގައި "އައްޑޫ ލައިވް" އިން މި ގެނެސްދޭ ސެގްމަންޓަކީ މުޖުތަމައު ތެރެއިން ފެންނަ އާންމުން ކަންބޮޑުވާ އަދި ނޭދެވޭ ކަންކަން ގިނަ ބައެއްގެ ސަމާލު ކަމަށް ގެނެސް އެފަދަ ކަންކަން ހުއްޓުވުމަށް ބާރު އެޅުމެވެ.