Last Updated: May 19, 00:16
Saturday, May 18, 2024
ޚަބަރު

އައްޑޫ ކައުންސިލަށް މި އަހަރު ލިބޭނީ 700،000ރ.

އައްޑޫ ސިޓީ ކައުންސިލަށް އަހަރު ލިބޭނެ ކަމަށް ލަފާ ކުރެވޭ އާމްދަނީ އާއި ދައުލަތުން ކައުންސިލަށް ދެއްވާފައިވާ ބަޖެޓް ހިމަނައިގެން ކައުންސިލްގެ ބަޖެޓް ފާސްކޮށްފި އެވެ.

ކައުންސިލުން ބުނީ މި އަހަރަށް އިއްޔެ ފާސް ކުރި ބަޖެޓަކީ ތިލަފަތް ހަމަ ބަޖެޓެެއް ކަމަށެވެ.

މުޅި ބަޖެޓްގެ ޖުމުލައަކީ 35،864،928.73ރ. އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން ކައުންސިލްގެ މެންޑޭޓަށް ބޮޑެތި ބަދަލުތަކެއް އައިސް ވޭތުވެ ދިޔަ އަހަރުތަކުގައި ކައުންސިލަށް ލިބެމުން އައި އާމްދަނީ ވަނީ ވަރަށް ބޮޑުތަން ދަށް ވާން ފަށައިފަ އެވެ.

މި އަހަރުގެ ބަޖެޓް ފާސް ކުރި އިރު ކައުންސިލަށް މި އަހަރު ލިބޭނެ ކަމަށް ލަފަ ކުރާ އާމްދަނީއަކީ 700،000ރ. އެވެ.