Last Updated: May 19, 00:16
Saturday, May 18, 2024
ޚަބަރު

އެމްޑީޕީން ރިޔާސީ ކެމްޕޭނަށް ވޮލަންޓިއަރުން ހޯދަނީ

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެމްޑީޕީއާ އެކު ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރާނެ މީހުން ހޯދަން އެ ޕާޓީން މިއަދު އިއުލާންކޮށްފި އެވެ.

އެމްޑީޕީން ނެރުނު އިއުލާނެއްގައި ބުނީ ރިޔާސީ އިންތިހާބު ކެމްޕެއިން 2018 ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އައިޑީކާޑް ނަމްބަރާއެކު އެ ޕާޓީއަށް މެސެޖެއް ކުރަން އެދޭ ކަމަށެވެ.

ރިޔާސީ އިންތިހާބަށް އެންމެ ބޮޑު އިދިކޮޅު ޕާޓީން ތައްޔާރުވަމުން އަންނަ އިރު ޕާޓީން ކުރިން ބުނެފައި ވަނީ މާޗް މަހުގެ ތެރޭގައި ރިޔާސީ ކެނޑިޑޭޓަކު ހޮވުމަށް ޕްރައިމެރީއެއް ބާއްވާނެ އެވެ. އެއަށް ފަހު މެނިފެސްޓޯއެއް އެކުލަވާލައި، މެއި މަހުގެ ތެރޭގައި ޕްރައިމެރީގެ ނަތީޖާ އިއުލާންކޮށް ރަސްމީކޮށް ކެމްޕެއިން ފަށާނެ އެވެ.

އެމްޑީޕީން ބުނި ގޮތުގައި މެނިފެސްޓޯ އެކުލަވާލާނީ އައްޑޫގަ އެވެ. އަދި އެކަމަށް ހާއްސަ އޮފީހެއް އައްޑޫގައި ވަރަށް އަވަހަށް ހުޅުވާނެ އެވެ.

އެމްޑީޕީއާ އެކު ގުޅިފައިވާ އެހެން ޕާޓީތަކުން ބުނެފައި ވަނީ އިންތިހާބަށް ނުކުންނާނީ ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ އެއް ކެންޑިޑޭޓަކާ އެކުގަ އެވެ.