Last Updated: April 29, 15:08
Monday, April 29, 2024
ޚަބަރު

ޝަމްސުއްދީނާއި ހުޅުދޫ ސްކޫލް ފުލުހުންނާ މަޝްވަރާކޮށްފި

ސްކޫލު ދަރިވަރުންނަށާއި ބެލެނިވެރިން ހޭލުންތެރި ކުރުވުމަށް ހިންގިދާނެ ޕްރޮގްރާމްތަކާ ގުޅޭ ގޮތުން ހުޅުދޫ ސްކޫލާއި މީދޫ ޝަމްޝުދީން ސްކޫލްގެ އިސްވެރިންނާ އައްޑޫގެ ފުލުހުންގެ ކޮމާންޑަރު ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.

އާދީއްތަ ދުވަހު އެ ދެ ސްކޫލުގައި ވަކިވަކިން ބޭއްވި ބައްދަލުވުންތަކުގައި ވަނީ ދަރިވަރުންގެ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ކުރިއަށް ގެންދެވިދާނެ ޕްރޮގްރާމްތަކާއި ބެލެނިވެރިންނަށް ހިންގިދާނެ ޕްރޮގްރާމްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެެވެ. އަދި ސްކޫލްތަކުގެ މެނޭޖްމަންޓާއި ފުލުހުންނާ އޮންނަ ގުޅުން މިހާރަށް ވުރެ ހަރުދަނާކޮށް ސްކޫލްތަކަށް ފުލުހުންގެ ފަރާތުން ބޭނުންވާ އެހީތެރިކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައިވެ އެވެ.

މި ބައްދަލުވުންތަކުގައި ޖަމްޝީދު އާއި ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގެ އިންޗާޖް ޕޮލިސް ސާޖަންޓް އަބްދުﷲ ވަސީމާއި ހުޅުދޫ ސްކޫލްގެ ޕްރިންސިޕަމް މޫސާ ސިއްދީގާއި މީދޫ ޝަމްޝުދީން ސްކޫލާ މި އަހަރު އަލަށް ހަވާލުވެވަޑައިގަތް ޕްރިންސިޕަލް ސުލްތާން ރާމިޒް ބައިވެރިވެވަަޑައިގެންނެވި އެވެ.