Last Updated: June 28, 13:41
Sunday, June 28, 2026
މުނިފޫހިފިލުވުން

ހަރިޔާނާގައި "ޕަދްމާވަތު" ދެއްކުން މަނާކޮށްފި

ގިނަ މައްސަލަތަކަކާ ކުރިމަތިލުމަށް ފަހު ރިލީޒް ކުރުމުގެ ހުއްދަ މިހާރު ސެންސަރު ބޯޑުން ދީފައިވާ ސަންޖޭ ލީލާ ބަންސާލީގެ ފިލްމް "ޕަދްމާވަތު" އިންޑިއާގެ ހަރިޔާނާގައި ދެއްކުން މަނާކޮށްފި އެވެ.

ހަރިޔާނާގެ ބީޖޭޕީ ސަރުކާރުން އެ ފިލްމް އެޅުވުން މަނާކޮށްފައިވާކަން ވަނީ މިއަދު އިއުލާންކޮށްފަ އެވެ. ހަރިޔާނާގެ އިތުރުން އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ވެސް ފިލްމް ދެއްކުން ވަނީ މަނާކޮށްފަ އެވެ.

އެގޮތުން ހަރިޔާނާގެ ހެލްތު މިނިސްޓަރު އަނިލް ވިޖް ވަނީ ޖެނުއަރީ 25 ގައި މުޅި އިންޑިއާގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "ޕަދްމާވަތު" ހަރިޔާނާ ސްޓޭޓްގައި ދެއްކުން މަނާކުރެވިފައިވާކަން އޭނާގެ ޓްވިޓާ އެކައުންޓް މެދުވެރިކޮށް އިއުލާންކޮށްފަ އެވެ.

ދެ ގަޑިއިރާއި 43 މިނެޓްގެ "ޕަދްމާވަތު" ގެ ލީޑް ރޯލުން ފެނިގެން ދާނީ ރަންވީރް ސިންގް އާއި ދީޕިކާ ޕަދްކޯންގެ އިތުރުން ޝާހިދް ކަޕޫރެވެ.

މި ފިލްމަކީ ކުރިން އެންމެ ފުރަތަމަ މިދިޔަ އަހަރުގެ ނޮވެމްބަރު 14 އަށް ތާވަލްކޮށް، ފަހުން ޑިސެމްބަރު 1 ގައި ރިލީޒް ކުރަން އިއުލާން ކުރި ފިލްމެކެވެ.