Last Updated: June 28, 13:36
Sunday, June 28, 2026
މުނިފޫހިފިލުވުން

"ކްރޭންބެރީޒް" ގެ ޑޮލޯރެސް މަރުވެއްޖެ

ރޮކް ބޭންޑް "ދަ ކްރޭންބެރީޒް"ގެ ލީޑް ލަވަކިޔުންތެރިޔާ ޑޮލޯރެސް އޮރިއަޑަން ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

އަޔަލޭންޑްގެ ލައިމްރިކް އަށް އުފަން ޑޮލޯރެސް 90ގެ އަހަރުތަކުގައި ކިޔާފައިވާ ލަވަތައް ކަމުގައިވާ "ލިންގާ" އާއި "ޒޮމްބީ"ގެ ސަބަބުން އޭނާގެ ބޭންޑަށް ވަނީ ބައިނަލްއަޤްވާމީ ބޮޑު މަޝްހޫރުކަން ލިބިފަ އެވެ.

ޑޮލޯރެސް، 46، ގެ ޕަބްލިސިސްޓް ނެރުނު ބަޔާނެއްގައި ވާ ގޮތުން އޭނާ މަރުވީ ލަންޑަން އަށް ލަވައެއް ރެކޯޑް ކުރުމަށް ގޮސް އުޅެނިކޮށެވެ.

"ދަ ކްރޭންބެރީޒް" ގައި މިހާރު މަސައްކަތް ކުރާ މެމްބަރުން ކަމަށްވާ ނޮއެލް ހޯގަން އާއި ފާގަލް ލޯލާ އަދި މައިކް ހޯގަން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ޑޮލޯރެސްގެ މަރާ ގުޅިގެން ހިތާމަފާޅުކޮށް އޭނާއަށް އިޙްތިރާމް އަދާކޮށްފަ އެވެ.

އޭނާގެ އާއިލާ އިން ދަނީ އަދިވެސް އޭނާގެ މަރާ ގުޅޭ އިތުރު ތަފްސީލްތަކެއް ލަންޑަން އިން ލިބޭނެ ކަމަށް އިންތިޒާރު ކުރަމުންނެވެ.

ޑޮލޯރެސް ވަޅުލާނީ އޭނާގެ އުފަން ރަށުގަ އެވެ. ނަމަވެސް އޭނާގެ ޖަނާޒާ އޮންނާނީ ކޮންއިރަކު ކަމެއް އަދި ހާމައެއް ނުކުރެ އެވެ.