"އެކްސްޕެންޑެބަލްސް" ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމަކަށް ސިލްވެސްޓާ ސްޓެލޯންގެ ކެރެކްޓާ ބާނީ ރޮސް އެނބުރި އަންނާނެކަން އޭނާ ކަށަވަރުކޮށް ދީފި އެވެ.
އުމުރުން 71 އަހަރުގެ ސްޓެލޯން މި ޚަބަރު ހިއްސާ ކުރީ އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށެވެ.
މިދިޔަ އަހަރު ސްޓެލޯން "އެކްސްޕެންޑެބަލްސް" ފްރެންޗައިޒް ދޫކޮށްލައިފިކަމުގެ ޚަބަރުތައް ވަނީ ފެތުރިފަ އެވެ.
BARNEY WILL BE BACK ! #expendables https://t.co/3MwTXYTTHl
— Sylvester Stallone (@TheSlyStallone) January 13, 2018
ނަމަވެސް ދާދި ފަހުން ވެސް އޭނާ ވަނީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް "ދި އެކްސްޕެންޑެބަލްސް 4" އުފައްދާނެކަމުގެ އިޝާރާތްތަކެއް ދީފަ އެވެ.
މިދިޔަ އަހަރު ސްޓެލޯން ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމަށް އެނބުރި ނާންނާނެކަމުގެ ޚަބަރުތައް ފެތުރުމާ އެކު އެ ފްރެންޗައިޒްގެ ލީޑް ރޯލް ކުޅޭ އާނޯލްޑް ޝްވަޒްނެގާ ބުނީ ސްޓެލޯންއާ ނުލައި އޭނާވެސް ފިލްމް ނުކުޅޭނެ ކަމަށް ބުނެފަ އެވެ.

"ދި އެކްސްޕެންޑެބަލްސް 4" ގެ ޕްރޮޑަކްޝަން އަދި ފަށާފައިނުވާ އިރު، ފިލްމް ރިލީޒް ކުރާނެ ތާރީޚެއް ވެސް ނޭނގެ އެވެ.